މާލޭ ސިޓީ ކައުންސިލް ހިންގުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ލިބޭކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މިއަދު ކުޅުދުއްފުށީ ސިޓީގައި ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މާލޭ ސިޓީކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީކައުންސިލް ހިންގުމުގައި މިވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އެގޮތުން ކައުންސިލްގެ ފަރާތުން އެދޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ މަސައްކަތް ކުރުމަށް 15 ކޮންސަލްޓެންޓުން ނަގާފައިވާނެ ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެންމެންނާ ގުޅިގެން ރަހުމަތްތެރިކަމާއެކު ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ 15 ކޮންސަލްޓެންޓުން ނަގައިގެން، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން އެތިބީ ވެސް [ކޮންސަލްޓަންޓުންގެ ގޮތުގައި]. އެކަކު ނޫނީ،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، އާސަހަރާގެ ކަންކަން ވެސް ނިންމިފައި ވާކަމަށެވެ. އަދި ބުޅާ ފެސިލިޓީގެ މަސައްކަތް ވެސް އަންނަ ނޮވެމްބަރު މަހަށް ނިންމޭނެކަމަށް މޭޔަރު ވިދާޅުވިއެވެ. މާލޭގެ ފެނުގެ މައްސަލަ ހައްލުކުރުމުގެ ވަރަށް ބޮޑުބައި ނިމިއްޖެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން