ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް ކޫއްޑޫގެ އެއަރޕޯޓް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ލިބުނު ގެއްލުމާއި ގުޅިގެން ކަމަށެވެ. އަދި އެ މިނިސްޓްރީގެ އިސްނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އަަމީން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ހާލަތަށް ގެނެވޭނެ،". މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން