އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އެމްޑީޕީއަށް ކާމިޔާބު އޮތީ ވަރަށް ގާތުގައި ކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވެފައިވާ އެމްޑީޕީއަށް ނިސްބަތްވާ އެންމެ ގިނަ ބަޔަކީ ކައުންސިލަރުން ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ އަޑު އިއްވާލުމުގެ ގާބިލުކަން މިއަދު އެބައޮތް ކަމަށާއި އެފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިވަގުތު ކަންބޮޑުވާންޖެހޭ އޮތީ އެންމެ ކަމެއް ކަމަށާއި އެއީ މިހާރު މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ސާފުކޮށްދިނުމުގައި ފަހަތަށް ޖެހިދާނެތީ ކަމަށެވެ. ކައުންސިލަރުންނަކީ ސީދާ ރައްޔިތުންނާއި ގުޅޭ ބައެއް ކަމަށާއި ގޭގެއަށް ވަދެ ރައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް ކިޔައިދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕާއި ވެސް ހިއްސާކުރަމުން ދިޔުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން އެންމެ ގުޅިން މި މަސައްކަތްކޮށްފިނަމަ، އަޅުގަނޑަށް ފެންނަ ތަނުގައި ކާމިޔާބު އޮތީ ވަރަށް ގާތުގައި. މި މަސައްކަތް ކުރެވޭނީ ގުޅިގެން،" ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން