ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން ތިންމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ވުޒާރާއިން ވަނީ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި މީހުން ސީވީ އަދި ތައުލީމީ ސެޓްފިކެޓްތައް އެ ވުޒާރާއަށް އީމެއިލް ކުރުމަށް އެދިފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާއިރު މި ސަރުކާރުން ދަނީ މިފަދަ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން