ޕީއެންސީީގެ ބައެއް މަޖިލިސް މެންބަރުން ބުނާ ބަޔަކަށް ފްލެޓް ދޭން އުޅޭކަމަށް ބުނެ ފަތުރަނީ މި އަހަރުގެ ވެސް އެންމެ ބޮޑު ދޮގުކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ހިންފާ އޮންލައިން ނޫހަކުން ފްލެޓްތައް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ބުނާ ބަޔަކަށް ބަހަން ނިންމާފައިވާކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެންނެވެެ. އެ މެންބަރުންގެ ތެރޭގައި ޕީޖީ ލީޑަރު ފަލާހްގެ ނަން ވެސް އޮތްކަމަށް އެޚަބަރުގައި ރިޕޯޓްކޮށްފައިވާއިރު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ދޮގުކުރަށްވާފައެވެ. އޭނާ ވިދާޅުވީ، އެއީ އަހަރުގެ ވެސް އެންމެ ބޮޑު ދޮގު ކަމަށެެވެ.

"ރައީސް މުޢިއްޒު އެއްގޮތަކަށް ވެސް ގޯއްޗަކަށް ފްލެޓަކަށް އަތްޕުޅެއް ނުބާނުއްވާނެ، ވެވަޑައިގަތް ވަޢުދުފުޅާއި އެއްގޮތަށް ރަނުން ރަނަށް ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރަށްވާނެ،" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ޕީއެންސީގެ އެއްވެސް މަޖިލިސް މެންބަރަކު ވެސް މިކަމުގައި ''ގޯހެއް ނަހައްދަވާނެ'' ކަމަށެވެ. ފަލާޙް މިހެން ވިދާޅުވެފައިވާއިރު ހައުސިން މިނިސްޓްރީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓްގެ ލިސްޓު އިއުލާންކުރުން ލަސްވެގެންދަނީ ލިސްޓާއި ގުޅޭ ޝަކުވާތަކެއް އޭސީސީން ބަލަމުންދާތީއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން