ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރަސްމީ ދަތުރުފުޅެއްގައި ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރަސްމީ ދަތުރުފުޅެއްގައި ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެެވެ. މަޖިލީހުގެ އިދާރާ އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖެނީވާގައި އޮންނަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ރޭ ވަނީ ޖެނީވާއަށް ފުރާވަޑައިގެންފައެވެ.

ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150 އަށްވުރެ ގިނަ ގައުމުގެ މަޖިލިސްތައް ހިމެނެއެވެ. އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިޔަށްދާނި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އެސެމްބްލީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން