އުޅަނދުތައް ދުއްވުން މަނާގަޑީގައި ޑިއުޓީގައި ތިބޭ މީހުން ބަލާ، ނޫނީ ޑިއުޓީއަށް ދާ މީހުން އޮފީހަށް ލާން ދާ މީހުންނަށް އެ އޮފީހަކުން ކޮންމެވެސް ލިޔުމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އެޗްްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ރޭގަނޑު 20:00 އިން ފެށިގެން މާލެ ސަރަހައްދުގައި އުޅަނދުތައް ދުއްވުން މަނާކޮށްފައި ވީނަމަވެސް ޑިއުޓީއަށް ދާ ފަރާތްތަކަށާއި، ޑިއުޓީ ނިންމާފައި ގެއަށް ދާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިއްމައިފައިވާ ކަމަށެވެ.
އަދި ޑިއުޓީއަށް ދިއުމަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ މީހުން ތިބިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ، އެފަދަ މީހުންނަށް އެ ފުރުސަތު ދޭނީ ވަކި އުސޫލުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ޑިއުޓީއަށް ދާ މީހާ ގޮވައިގެން ދާ މީހާއަކީ ސީދާ އެކަމުގައި ބޭރުގައި އުޅޭ މީހެއްކަން ކަށަވަރު ވާނެ ފަދަ ލިޔުމެއް އޮތުން މުހިންމު ކަމަށެވެ. އަދި ޑިއުޓީއަށް ދާ ފަރާތްތަކުން އެމީހަކު މަސައްކަތްކުރާ ތަނުގެ ފާސް ގެންގުޅުމަށާއި، ޔުނީފޯމް ފަދަ އެއްޗެއް ގެންގުޅޭ ތަނެއްގައި ޔުނީފޯމް ލައިގެން ޑިއުޓީ އަށް ދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެެވެ.
މީގެ އިތުރުން ކުރާ މަސައްކަތުގެ ގޮތުން ބޭރުގައި އުޅުން މަނާ ވަގުތުތަކުގައި ބޭރުގައި އުޅެވޭ ފަރާތްތަކުން އެ ފަރާތްތަކަށް ދީފައިވާ ފާހުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާކަން ފާހަގަކުރެވިފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ޝަރީފް އިލްތިމާސްކުރެއްވިއެވެ. ޑިއުޓީ ނިމުމަށް ފަހު ވީހާވެސް އަވަހަކަށް ގެއަށް ދިއުމަށާއި، ބޭރުތެރޭގައި ނޫޅުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އަށް މާލެ ސަރަހައްދުގައި، އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، 22:00 އިން ފެށިގެން 05:00 އަށް ބޭރުގައި އުޅުން މަނާކޮށްފައިވީނަމަވެސް ޒަރޫރީ ބޭނުމަކަށް ތަނަކަށް ދާން ޖެހޭ މީހުންނަށް އެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޒަރޫރީ ކަމެއް ބޭނުންވެގެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެ ފުރުސަތު ދެވޭނެ. ފުލުހަކާ ބައްދަލުކޮށްފައި އެ ބުނާ ބުނުމުން ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއްނަމަ، އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން." ޝަރީފް ވިދާޅުވިއެވެ.
ފުލުހުން ބުނީ މާސްކް އެޅުން މަޖުބޫރުކޮށް ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅުން މަނާކުރި ފަހުން، އުސޫލާއި ޚިލާފުވެގެން 18 އަހަރުން ދަށުގެ 80 އަށް ވުރެ ގިނަ މީހުންނަށް، 18-40 އަހަރާއި ދެމެދުގެ 2000 އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައިވާކަމަށެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،779 އަށް ވަނީ އަރާފައެވެ. ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި ވެސް 119 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. ރާއްޖެއިން މި ބަލީގައި ނިޔާވެފައި ވަނީ 26 މީހުންނެވެ. މިވަގުތު ވެސް ބަލިޖެހިގައި 2،530 މީހުން އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު