މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު މީރާއަށް ވަނީ 8.7 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފަ އެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ޖުމްލަ ވަނީ 82.6 މިލިއަން ރުފިޔާ ލިބިފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބޮލަކަށް 4،000 ރުފިޔާ މިދިޔަ މަހު ވަނީ ބަހައިވެސްފަ އެވެ.
އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ގެނައި ބަދަލާއެކު ޒަކާތު ވާޖިބުވާ ނިސާބަކީ 9353.40 ރުފިޔާ ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު