ޕާމަނަންޓް ސެކްރެޓަރީ،، ޕީއެސްގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ދިވެހި ބަހުގެ މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކެޓްރީއެއް ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީގެ ޕީއެސްގެ ޒިންމާތަކާއި މީގެ ކުރިން ހަވާލުވެ ހުންނެވީ އެކްޓިން ޕީއެސްގެ މަގާމު ފުރުއްވަމުން ގެންދެވި އާތިކާ އިބްރާހިމް އެވެ. އެހެން ނަމަވެސް އާތިކާ އެ މިނިސްޓްރީންގެ މުވައްޒަފުންނަށް ބުލީ ކުރާ ކަމަށް ބުނެ މިފަހުން އޮތީ އޭނާގެ މައްސަލަ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ނަމަވެސް އެ މިނިސްޓްރީގައި އެފަދަ މައްސަލައެއް ހުށަހަަޅާފައި ނެތް ކަމަށް ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އޮތީ ވިދާޅުވެފަ އެވެ. މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަންވެސް އެދިފަ އެވެ.

އޭގެ ފަހުން ދިވެހި ބަހުގެ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މުހައްމަދު ޔާނިއު ހާޝިމް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން