މާލޭގެ އިމާރާތަކުން މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެއްޓި މަރުވި ޒުވާނެއްކަމަށްވާ ވިފާގު އިބްރާހިމް އަދުނާނަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އުމުރުން 25 އަހަރުގެ ވިފާގަށް ޖިންސީ ގޯނާ ކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް އެނާގެ ދޮންބައްޕައަށް "ޗެނަލް 13" އިން ކޮށްފައިވާކަމަށެވެ.

ނަމަވެސް، އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުން ހޯދި ހޯދުމުން ލިބިފައި ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ މީހެއްކަމަށެވެ. އެގޮތުން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑަޔަގްނޯސްވެފައިވާ ކަމަށާއި އިނގިރޭސިވިލާތުގައި ދިރިއުޅުނު އިރު ވެސް ފަރުވާ ހޯދައި ތެރަޕީ ސެޝަންތަކެއް ނެގި ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައިސް ހުޅުމާލެ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވާކަމަށާއި ފުލުހުން ސީންއަށް ދިޔައިރު، އޭނާގެ މޭޒުގައި ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިފާއު ވިދާޅުވީ، ވިފާގަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ހެއްކެއް ފެންނަން ނެތްއިރު އެހެން ފަރާތަކުން ވެސް އެފަދަ މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާކަމަށެވެ. އަދި ވިފާގު މަރުވިއިރު އޭނާއަކީ ބިކުރުވެރިއެއްކަން ފުލުހުންގެ ތަހުގީގުތަކުން ޔަގީން ކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިފާގުގެ ދޮން ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް އަޙްމަދު ނާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން