ފްރަންޓްލައިންގައި މަސައްކަތްކުރާ ނަރުހަކު މީހެއްގެ ސާމްޕަލް ނަގަނީ؛ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ނަރުހުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި
ފްރަންޓްލައިންގައި މަސައްކަތްކުރާ ނަރުހަކު މީހެއްގެ ސާމްޕަލް ނަގަނީ؛ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ނަރުހުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި
ފްރަންޓްލައިން އެލަވަންސް ދިނުމުގައި ހުރި ތަފާތު ކުރުމާއި ނަރުހުންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރުމަށް މަސައްކަތް ފަށައިފިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހަކު ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުން ހުޅުމާލޭ ފެސިލިޓީއަށް މަސައްކަތްކުރަން ދިޔަ 3 ނަރުހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި ދިނީ 8000 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގެ ހައިރިސްކް އޭރިޔާގައި މަސައްކަތްކުރާ ނަރުހުންނަށް އެލަވަންސް ނުދީ ލޯންޑްރީގައި މަސައްކަތްކުރާ މީހުންނާއި ހޮސްޕިޓަލު މެމޯ ހަދާ މީހާއަށް ރިސްކް އެލަވަންސްގެ ގޮތުގައި 30000 އިން 40000 އިން އެލަވަންސް ދީފައިވާއިރު ނަރުހުންނާއި ޑޮކުޓަރުންނަށް އެލަވަންސް ނުދޭކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވާހަކަ ދެެއްކި ނަރުހަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިރިސްކްގައި މަސައްކަތްކުރާ ނަރުހުންނަށް އެލަވަންސް ދިނުމުގައި ތަފާތު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، އެލަވަންސް އެންމެންނަށް ވެސް ދޭންޖެހޭނީ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ. ފްރަންޓްލައިން އެލަވަންސް ދިނުމަށް ވޯލްޑް ބޭންކުން ގައިޑްލައިން އެއް ކަނޑައަޅައި އުސޫލެއް އާންމުކޮށްފައިވާއިރު މިހާރު އެލަވަންސް ދެނީ އެ ގައިޑްލައިނާއި ކަނޑައެޅިގެން ޚިލާފަށް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުން ފާހަގަކުރެއެވެ.

"ފްރޮންޓްލައިންގައި މުވައްޒަފުންނަކީ ސިއްހީ ޚިދުމަތްދޭ ކޮންމެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން، އެއީ މެޑިކަލް ވިއަސް މެނޭޖްމަންޓް ވިއަސް ސަޕޯޓް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިޔަސް، އެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު އެލަވަންސް ދިނުމަށް މިގައިޑްލައިންގައި ބުނަނީ، ނަމަވެސް މިއާ ޚިލާފަށް ރިސްކް އެލަވަންސް ރާއްޖޭގައި ދެމުން މިގެންދަނީ. އެންމެންނަށް ހަމަހަމަކަމާއެކު އެލަވަންސް ދޭންޖެހޭ ސަބަބަކީ ތަނުގެ މަސްލަހަތު ނުގެއްލޭ ގޮތަށް ކަންތައްކުރުން، ހުރިހާ މުވައްޒަފުންނާއި މެދު އެއް ހަމަޔަކުން އިންސާފުން ކަންތައްކުރުން ކަމަށް ގައިޑްލައިން ބުނަނީ." ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ރަސްއޮންލައިން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވާހަކަ ދެއްކެވި ނަރުހަކު ބުނީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ވެސް ބައެއް ގައުމުތަކުން ސިއްހީ ޚިދުމަތުގައި އުޅޭ އެކި އެކި މީހުންގެ މުސާރަ ތަފާތު އެކި ފަންތިތަކަށް ބަހާލާފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ބައެއް ނަރުހުންނަށް އިންސާފު ނުލިބި މުސާރަތަކުގައި ބޮޑެތި ފަރަގު ހުރިކަމަށް އޭނާ ވިދާޅުފައިވެއެވެ.

"މިކަންތައްތަކަށް ވިސްނައިގެން މުސާރަތައް މާބޮޑަށް ލިބޭ މުވައްޒަފުންނަށް މަދުން ލިބޭ މުވައްޒަފުންނަށް އޮންނަ ފަރަގު ކުޑަވާގޮތަށް އަދަދެއް ކަނޑައަޅައިގެންވެސް ރިސްކް އެލަވަންސް ދިނުމަށް ގައިޑްލައިންގައި ބުނޭ." މައުލޫމާތު ދެއްވި ނަރުސް ވިދާޅުވިއެވެ.

މީގެ އިތުރުން ނަރުހުންގެ ގިނަ ކަންބޮޑުވުންތަކެއް އޭނާ ރަސް އޮންލައިން އާއި ހިއްސާކުރެއްވިއެވެ. އެގޮތުން ނަރުހުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާ ނުކޮށް އެ އޮނިގަނޑަށް އަމަލުކުރަން ފެށުމާއި ގުޅިގެން ނަރުހުންގެ ހައްގުތަށް ގެއްލިފައިވާތީ ނަރުހުންގެ ހައްގުތައް ނުގެއްލޭގޮތަށް އެ އޮނިގަނޑު މުރާޖަޢާ ކުރުމަށް ނަރުހުންގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ގޮވާލާފައެވެ.

އެލަވަންސް ދިނުމާއި ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތާއި ގުޅޭ ކަންބޮޑުވުންތައް މެނޭޖްމަންޓާއި ހިއްސާކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި ، އެކަމަށް މިހާތަނަށް ވެސް ހައްލެއް ލިބިފައިނުވާކަން ނަރުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން ހައިރިސްކް މަސައްކަތްތެރީންގެ ގޮތުގައި މެޑިކަލް ޑޮކުޓަރުންނާއި ނަރުހުން ހިމަނާފައިވާއިރު އެލަވަންސް ދިނުމުގައި އެހެން މުވައްޒަފުންނަށް އިސްކަންދިނުން ގަބޫލު ނުކުރެވޭ ކަމަށް ނަރުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ވެސް ނަރުހުން ގަބޫލުކުރާ ގޮތުގައި އެމީހުން ޑިއުޓީއަށް ނުކުމެ ރިސްކްގައި މަސައްކަތް ކުރާ ހުރިހާ ދުވަހަކަށް ހުރިހާ ނަރުހުންނަށް ވެސް އުސޫލުގައިވާ ގޮތުގެ މަތީން އެލަވަންސް ލިބެން ޖެހޭނެއެވެ.

ނަރުހުންގެ ތެރޭގައި ހުރި އިތުރު ވަރަށް ގިނަ ކަންބޮޑުވުން ތަކެއްވެސް ނަރުހުން މިނޫހައި ހިއްސާ ކޮށްފައި ވެއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންނަށް ޔުނިފޯމް އެލަވަންސް ނުދޭތާ ދޮޅު އަހަރުވުމާއި ބައެއް އެލަވަންސްތައް ދިނުމުގައި މިހާރުގެ މާކެޓަށް ނުފެތޭ ވަރުގެ ކުޑަ އަގެއް ކަނޑައަޅައިގެން ދިނުމާއި ޚިދުމަތުގެ އެލަވަންސް ދިނުމުގައި ހުރިހާ ގިންތިއެއްގެ އަދި ހުރިހާ ފެންވަރެއްގެ ނަރުހުން ހަމަހަމަ ވާ ގޮތަށް ދިނުމާއި ހުރިހާ ނަރުހުންނަށްވެސް އެމީހަކު ކިޔަވާފައިވާ ފެންވަރާއި ގުޅޭ ގޮތަށް ސެޓްފިކެޓް އެލަވްންސް ދިނުމާއި ރިސްކް އެލަވަންސް ވެސް ނަރުހުންގެ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް ނަރުހުން ގޮވާލައްވާފައި ވެއެވެ.

ނަރުހުންގެ އޮނިގަނޑު އިސްލާހު ކުރެވިގެންދާއިރު ނަރުހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ނަރުހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންކަން ބައްޓަން ވެގެންދާ ގޮތަށް އޮނިގަނޑު އިސްލާހު ކުރުމަށްވެސް ނަރުހުން ގޮވާލައެވެ. ނަރުހުންނަކީ އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖައިގާ މަސައްކަތް ކުރާ ބައެއް ކަމަށް ރައީސް ޞާލިޙުވެސް ގަބޫލުކުރައްވާއިރު ނަރުހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ނަރުހުންގެ އޮނިގަނޑު އިސްލާހު ކޮށްދިނުމަށް ނަރުހުން ރައީސް ޞާލިހުގެ ކިބައިން އެދޭ ކަމަށް ވެސް ނޫހަށް މައުލޫމާތު ދެއްވި ނަރުހުން ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަކީ މިވަގުތު ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނެވެ. ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބަހާފައިވަނީ 3 ގިންތިއަށެވެ. ހައި ރިސްކް ވޯކަރުންނާއި މީޑިއަމް ރިސްކް ވޯކަރުންނާއި ލޯ ރިސްކް ވޯކަރުންނަށެވެ.

ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސް ދޭގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޔަޝް

26-Aug-2020

ހުޅުމާލެ ހޮސްޕިޓަލް ކުދިންނަށް ތިވަރުވެސް ވާ ލިބިއްޖެތާ. އަދިވެސް އަހަރުންނަށް ތި ބުނާ އެލެވެންސް އެއް ނުލިބޭ.ކޮންމެ ދުވަހަކުވެސް އެކައުންޓް 100 ފަހަރު ޗެކް ކޮއްލެވޭ އެބަ އަހަރުމެންގެ ލޮބްވެތި ރައީސް ގެ ވައުދު ފުޅު ފިނޭންސް އިން ފުއްދާ ދިންތޯ ބަލާލަން.ނަޒްލާ ބުންޔަސް ކެއްކުރެވޭނީ ވެސް ދެން ވަކި ވަރަކަށް.


-4

ސިސްޓަރ

25-Aug-2020

ލޯންޑްރީ މީހުންނަށް ލިބިފައި ނަރުހުންނަށް ނުލިބުން ބަލައެއް ނުގަނެވޭ. އެމީހުން އެއްޗެހި ދޮވުނީ އަތުންތަ? ނަރުހުންނާއި ވޯޑް ތަކުގެ އެޓެންޑެންޓްސް އެއަށްވުރެ މާރިސްކީ ކޮށް މަސައްކަތް ކޮށްފަ ތިބޭ. އެއީ ހަމަ ޑައިރެކްޓްލީ ޕޭޝަންޓުންނާއި ކޮންޓެކްޓް ވާ މީހުން. ހުޅުމާލެ ހޮސްޕިޓަލްގެ ބޮޑުން އިސްތިއުފާ ދީ.


-2

ސިސްޓަރ

25-Aug-2020

ލޯންޑްރީ މީހުންނަށް ލިބިފައި ނަރުހުންނަށް ނުލިބުން ބަލައެއް ނުގަނެވޭ. އެމީހުން އެއްޗެހި ދޮވުނީ އަތުންތަ? ނަރުހުންނާއި ވޯޑް ތަކުގެ އެޓެންޑެންޓްސް އެއަށްވުރެ މާރިސްކީ ކޮށް މަސައްކަތް ކޮށްފަ ތިބޭ. އެއީ ހަމަ ޑައިރެކްޓްލީ ޕޭޝަންޓުންނާއި ކޮންޓެކްޓް ވާ މީހުން. ހުޅުމާލެ ހޮސްޕިޓަލްގެ ބޮޑުން އިސްތިއުފާ ދީ.


-2

ނަރުހެއް

25-Aug-2020

ސްޕެޝަލިސްޓް ޑޮކްޓަރުންނޫނަސް ނަރުހުން ވެސް އެލަވަންސް ހޯދަން މަސައްކަތް ކުރި ވަގުތު އަމިއްލައަށްޖަހައިގެން ފޯމުފުރައިގެން އުޅެނީ


19

ޑރ. ރާމީ ހަސަން މަނިކު

25-Aug-2020

ނަރުހުންގެ މި ޝަކުވާ އަކީ ވަރަށް ހައްޤު ޝަކުވާ އެއް ކަމަށް ހެޔޮހިތުން ޤަބޫލް ކުރަން. މިއޮތީ އަނެއްކާ ވެސް ކޮރަޕްޝަން ހިނގާފައި. ވީމާ ހޮސްޕިޓަލް އަށް ވެސް އޯޑިޓް ވަންނަން އެބަޖެހޭ. އަދި ކުށްވެރިވާ ފަރާތް ހޯދައި ވަޒީފާ އިންވަކި ކޮށް ލިބެންވާ ޤާނޫނުގައިވާ އެންމެ ބޮޑު ޢަދަބު ލިބެންޖެހޭ.


-8

ނާއިލާ އަހުމަދު

25-Aug-2020

އިބްރޭ ކައިރީ ބުނެބަލަ މަގުތައް ކުޑަކޮއް އިންސާފޭ ގޮވަން އެގުނަސް އިންސާފު ގާއިމް ކޮއްދޭކަށް ނޭގެޔޭ . ބޭނުންވާ ބަޔަކަށް އިންސާފުގެ ނަމުގަ ވެދުންކޮއްފަ ބާކީވާ އެތިކޮޅު ދެންތިބޭބަޔަކަށް ދޭނީކީނޫނޭ . ނޭގޭވަރަކުން ، ނުވާވަރަކުން ކަންކަމާހަވާލުވެ ނުނެގޭވަރުގެ ޒިންމާއެއް އުފުލަން ޖެހުމުން ކަރުނައަޅާނުރޮއި ގެއަށް ދިއައިމަރައްޔިތުންނަށް މިއުފުލަށް ޖެހޭބޭއިންސާފުންސަލާމަތްވެވޭނެޔޭ . ކިހާބޮޑުވެއްޖެ ކަމެއްހޭ . މިއީ . އިންސާފު ނޭގިހުރެ އިންސާފޭ ގޮވީ ކީކޭހިތައްއަރައިގެންހޭ . ސަލާމަތްވާންވެއްޖެއެއްނޫންދޯ .


5

ނަރުސް

24-Aug-2020

ދިވެހި ނަރުހުން ސަރުކާރުގަ މަސައްކަތް ނުކުރީމާ ނުކުރާ ވާހަކަ ދައްކާނީ.. ދެން ގެންނާނީ ބޭރު ނަރުހުން.. ފެއިލްވެފައިވާ އޮތް ދާއިރާއަކުން އެއްކަމެއް ވެސް ރަނގަޅަކަށް ނުވާނެ.. ރަނގަޅެއް ނުވެސް ކުރެވޭނެ.. ވ ސަލާން..


17

އަބްދުﷲ

24-Aug-2020

ސްޕެސިއަލިސްޓް ޑޮކްޓަރުން ކައިރީގައި ބުނީ އެލަވަންސް ހޯދަން އެމީހުން މަސައްކަތް ކުރި ވަގުތު އަމިއްލައަށްޖަހައިގެން ފޯމު ފުރާށޯ.. ދެން އެމީހުން އެކަންކޮށްގެން ލާރި ހޯދާނެތަ؟ މިހިރީ ސިއްހީ ދާއިރާގެ ދީދިޔާކަން.. ބޮޑު ފެއިލް ދާއިރާއެއް..



ޓްރެންޑިން