އިބްރާހިމް ފަހީމް   13 އޮކްޓޯބަރު 2024 - 19:38
މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފައިވާކަން މޯލްޑިވްސް ޒަކާތް ހައުސް އިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސް އިން ފޭސްބުކްގައި ބުނެފައިވަނީ، 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި އަދަދަކީ އެންމެފަހުން ނިޞާބަށް ބަދަލު ގެނައިއިރު ކަނޑައެޅި އަދަދު ކަމަށްވާ 9353.40 އަށްވުރެ 113.05 ރުފިޔާ ކުޑަ އަދަދެކެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަމަށް ރާއްޖޭގައި ބަލަނީ ރަން ރިހީގެ އަގުންނެވެ. އަދި ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަކަން ފާހަގަ ކުރެވެއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން