ދައުލަތަށް ޓީޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ 150އަށް ވުރެ ގިނަ ފަރާތުގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އާންމުކުރީ ޓީޖީއެސްޓީއާއި ގްރީން ޓެކްސްގެ ގޮތުގައި 100،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ނަންތައް ކަމަށެވެ.

އެގޮތުން އެ ޓެކްސްތައް ނުދައްކާ 170 ފަރާތެއްގެ ނަން މީރާއިން މިއަދު އާންމުކުރި އެވެ.

މީރާއިން ބުނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައްވެސް ދިނުމަށްފަހު ކަމަށެވެ.

އެގޮތުން ޓެކްސް ދެއްކުމުގެ ސުންގަޑީގެ ހަތް ދުވަސް ކުރިން އޮޓޮމެޓިކް ރިމައިންޑަރ ކޯލެއްދ،ީ ސުންގަޑީގެ 3 ދުވަސް ކުރިންނާއި އަދި ސުންގަޑީގަ އާއި ސުންގަޑީގެ ތިން ދުވަސް ފަހުން ވެސް އެސްއެމްއެސް މެދުވެރިކޮށް ހަނދާންކޮށްދީފައި ވާނެ ކަމަށް މީރާއިން ބުނެފައި ވެއެވެ.

އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދީފައިވާނެކަމަށާއި މިފަދަ އެއްބަސް ވުމަކަށް އައިސް ފައިސާ ދައްކަމުންގެންދާނަމަ އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ދީފައިވާނެކަމަށް ވެސް މީރާއިން ބުނެފައި ވެއެވެ.

މީރާއިން ނަން އާންމުކުރި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ތްރީއޭ، ކިހާ މޯލްޑިވްސް އަދި މޫދު ހޮލިޑޭސް ފަދަ ކުންފުނިތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން