ކޯވިޑް19 ރާއްޖޭގައި މިހާރު ފެތުރެމުންދާ ގޮތާއި، ބަލީގެ ނުރައްކާތެރިކަން އޮތް މިނިްވަރަށް ބަލާއިރު ރާއްޖޭގެ ޞިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ޕޮޒިޓިވްވެ ބަލި ކޮންޓްރޯލް ނުވެދާނެ ކަމުގެ އިންޒާރު ޞިއްހީ މާހިރުން ދެއްވައިފިއެެވެ.
އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމުގެ ޑޮކްޓަރ،.އަލީ ލަތީފް ވިދާޅުވީ ކުރިން އަންދާޒާކުރި ވަރަށްވުރެވެސް އިތުރަށް ބަލި ޖެހޭ މީހުން ގިނަވެ ކޮންޓްރޯލުން ނެއްޓޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ފަރުވާދޭ މީހުންނާއި، ފަރުވާދޭން ހުރި ތަންތަނުގެ ނިސްބަތަށްބަލާއިރު ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް އުދަގޫ ދުވަސްތަކެއްކަމަށް އަލީ ލަތީފް ވިދާޅުވިއެވެ.
މިވަގުތުވެސް ކޮވިޑް ފެސިލިޓީ ތަކުގެ 60 އިންސައްތަ އެނދު ދަނީ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރަމުންނެވެ.
އަދި އެކްޓިވް ކޭސްގެ ގޮތުގައި 2531މީހުންނަށް ފަރުވާދެމުންދާއިރު، މި އެންމެންނަށް ފަރުވާދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ޑރ.ޢަލީ ލަޠީފް ވިދާޅުވިއެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންގެ އަދަދު މަދުވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ މާޗު މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރި ނަމަވެސް ލުއިތައް ދިން ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖުމްލަކޮށް ބަލާއިރު މިިދިޔަ ހަފުތާގައި ކޮންމެ ދުވަހަކު ވެސް 140 މީހުން ޕޮޒިޓިވްވި އެވެ. އޭގެތެރެއިން އެއް ދުވަހެއްގައި 194 މީހުންނަށް ބަލި ޖެހުނު އިރު، މިދިޔަ ހަފުތާގައި މުޅި ޖުމްލަ 980 މީހުން ޕޮޒިޓިވްވި އެވެ.
ރާއްޖޭގައި ބަލި ފެތުރެމުންދާ މިންވަރުގެ ތަފާސް ހިސާބު އާއްމު ކުރަމުން ޓެގުން ބުނީ ކޮވިޑް-19އިގެ ފުރަތަމަ ކޭސް، މިދިޔަ މާޗު ހަތެއްގައި ފެނުނު އިރު، 500 މީހުން ޕޮޒިޓިވް ވާން ނެގީ 56 ދުވަސް ކަމަށެވެ. އޭގެ ފަހުން އިތުރު 500 މީހުން ޕޮޒިޓިވްވާން 13 ދުވަސް ނެގި އިރު، މިހާރު އެންމެ 3 ނުވަތަ 4 ދުވަހުގެ ތެރޭގައި އެ އަދަދަށް މީހުން ޕޮޒިޓިވްވާ ކަމަށް ބުންޏެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ، ފުރިދާނެ ކަމުގެ ބިރު އޮތްކަން ވެސް ޓެގުން ފާހަގަ ކުރި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ ނަރުހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ކޮވިޑުގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ އެހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ތިބީ އެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން ހޮސްޕިޓަލުގައި އެޑްމިޓް ކުރާއިރު އާއިލާ މީހުން ކައިރީގައި ތިބި ނަމަވެސް މިހާރު ދުވަސްވީ މީހުން ވެސް، އޮންނަން ޖެހެނީ، ވަރަށް ބަލި ހާލަތުގައި އެކަންޏެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ކޮންމެ ހަފްތާއަކުވެސް ރިވައިޒްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކަކީވެސް އެއްވެސް ބަޔަކަށް އުނދަގޫ ކުރުމަށް އަޅާ ފިޔަވަޅުނޫންކަމަށާ، އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު