މާލީ ރިފޯމްތައް ގެނައުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތް ކަމަށާއި އެކަން ކުރަން ސަރުކާރަށް ނުކެރޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އައިއެމްއެފާއި ވޯލްޑް ބޭންކު ފަދަ ތަންތަނުން މާލީ ރިފޯމްތައް ގެނައުން އަވަސް ކުރަން ސަރުކާރަށް ގޮވާލަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މާލީ ރިފޯމްތައް ގެނައުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތް ކަމަށާއި އެކަން ކުރުމުގެ ވިސްނުމާއި ކެރުމާއި ހިތްވަރު ސަރުކާރުގަައި ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ސަރުކާރަށް މި ވޭތުވެ ދިޔަ 11 މަސް ދުވަހުގެ ތެރޭގައި ގެނެވުނު މާލީ ރިފޯމެއް ނެތް ކަމަށެވެ.

"ރައީސް މުޢިއްޒު ވެސް ފާހަގަކޮށްފައި އެބައިން އައިއެމްއެފްގެ ޕްރޮގުރާމަކަށް ނުދާނެ ވާހަކަ، އެހެންވީމަ އަޅުގަނޑަށް މިފެންނަނީ އައިއެމްއެފްގެ ޕްރޮގުރާމަކަށް ނުދިޔަޔަސް މިބޭފުޅުންނަށް އެރިފޯމްތައް ނުގެނެވޭނެކަން އެގާބިލް ކަމެއް ވެސް ނެތްތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިދިޔަ 11 މަސްދުވަހުގެ ތެރޭގައި އޭގެ އެއްވެސް ކަމެއް ކޮށްފަ އެއް ނެތް،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ސަރުކާރަށް އެހެން ގޮތެއް ނެތުމުން އެންމެ ފަހުން މަޖިލީހުގެ ހުއްދަ ހޯދައިގެން ފައިސާ ޗާޕްކުރަން ވެސް ފަށާނެ ކަމަށެވެ. އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތު އޮތްގޮތް ވެސް ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި އިގްތިސާދު މެނޭޖުކުރާނެ ގޮތް ވެސް ސަރުކާރަށް ނޭނގޭ ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން