އުތުރު ކޮރެއާއިން ރަޝިޔާއަށް ހަނގުރާމައިގައި އެހީތެރިވުމަށް ސިފައިން ފޮނުވާފައިވާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް އުތުރު ކޮރެއާއިން ސިފައިން ފޮނުވާފައިވާކަމަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ ހުކުރު ދުވަހު ދެއްވި ވީޑިއޯ ޚިޠާބުގައެވެ. އެގޮތުން ޒެލެންސްކީ ވިދާޅުވީ އުތުރު ކޮރެއާއިން ރަޝިޔާއަށް މިހާރު ހަތިޔާރުގެ އިތުރުން ސިފައިންވެސް ފޮނުވާ ކަމަށެވެ.

ޒެލެންސްކީ ވަނީ ޔުކްރެއިންނަށް މި ދަނޑިވަޅުގައި އިތުރު އެހީތެރިކަމެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގައުމުތަކުން މިކަމަށް ތާއީދުނުކުރާއިރު ރަޝިޔާ އާ ދެކޮޅަށް ޔުކްރެއިން އިން ކުރާ ހަނގުރާމައިގައި ތާއީދުކުރާ ގައުމުތައްވެސް މަދުކަން ފާހަގަ ކުރެވެއެވެ.

ޔުކްރެއިން މި ތުހުމަތުތައް ރަޝިޔާއަށް އަމާޒުވެފައިވާއިރު ދެކުނު ކޮރެއާގެ މިނިސްޓަރު އޮފް ނޭޝަނަލް ޑިފެންސް ކިމް ޔޮންގް ހިއުން މިދިޔަ ހަފްތާގައި ވަނީ ޔޫކްރޭންގެ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއަށް އެހީތެރިވުމަށް އުތުރު ކޮރެއާއިން ސިފައިން ފޮނުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ދެކުނު ކޮރެއާއިން މިފަދައިން ބުނި ނަމަވެސް މީގެ އެއްވެސް ތަފްސީލެއް އެގައުމުން ނުދޭކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން