ރާއްޖޭގައި ވޭޕް މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި، ނިންމެވުމަކީ މި ގައުމުގެ މުސްތަގުބަލަށް ބޭނުންތެރި ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެންބަރު 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއްމަވާފައެވެ. އެގޮތުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެންބަރު 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މިއަދު ވަނީ އަންގަވާފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ވޭޕުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަގްސަދުގައި ރައީސް މުޢިއްޒު މިއަދު ނިންމެވި ވަރުގަދަ ނިންމެވުމަކީ މި ގައުމުގެ މާދަމާގެ މުސްތަޤްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަަމަށެވެ. ޢަބްދުއްރަޙީމް ވަނީ ރައީސްގެ ނިއްމެވުމާއި ގުޅިގެން ރައީސް އަށް މަރުހަބާ ވިދާޅުވެފައެވެ.

ވޭޕް މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން