ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން "އެމްޕަވަރމެންޓް ހަބް" އެއް ގާއިމުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ މި ހަބަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެއް ކަމަށެވެ. އަދި އެ މަރުކަޒުން އެ މީހުންނަށް ބޭނުންވާ ހުނަރުތައް ދަސްވެ، އަމިއްލަ މަސައްކަތްތައް ފަށައި އަދި އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ހަބަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ދައްކުވައިދޭން ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުން ކުރެވޭނެ ޚާއްޞަ މަރުކަޒެއް އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަޖައްސާ މަރުކަޒަކު އެމީހުންނަށް ކޮންމެ ވަގުތަކު ވެސް ބޭނުން ކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އަދި

އެ މަރުކަޒުގައި ވިޔަފާރި ކުރުމުގެ ފުރުސަތާއި މަސައްކަތްތެރިން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ކަމަށް މިިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ އެ މަރުކަޒު ހިންގާނެ ގޮތުގެ މޮޑެލް ފައިނަލް ކުރުމާއި މަރުކަޒު ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން