ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން މިރޭ ހިފަހައްޓާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނެންގެވި ޑިޝިޝަން ނަގަންޖެހުނު އެންމެ ބޮޑު ސަބަބު ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅިގެން މީހަކު ކަސްޓަމްސްގެ ބެލުމުގެ ދަށައް ގެންދިޔަކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.



މިހާދިސާ ހިނގާފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާ ކުރުމުގެ އިތުރުން، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މުޢިއްޒު މިއަދު އަންގަަވާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން