އެއްވެސް ސަޕޯޓަރަކު ނުވައްދައި ތާރީޚުގައިވެސް ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފައިނަލް ފްރާންސްގެ ޕީއެސްޖީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ތަށި ހަ ވަނަ ފަހަރަށް އުފުލާލައިފިއެވެ.
އެޓޭކިން ވިސްނުމުގެ ދެ ޓީމުން ފައިނަލް މެޗު ކުޅުނީ، އިދިކޮޅު ޓީމަށް ހުސް ޖާގައެއް ނުދީ ވިސްނުންތެރިކަމާ އެކު އެވެ. މެޗްގައި ދަނޑުމަތީގައި ކުޅުނު ކުޅުމަށް ބަދަލެއް ނައިސް ފޯރިއާއިއެކު ކުޅުނުއިރު، ދަނޑު އޮތީ ކޯވިޑް19 އާއިއެކު ހުސްކޮށެވެ. މިއީ ތާރީހުގައިވެސް ދަނޑަށް ސަޕޯޓަރުން ނުވައްދައި ފައިނަލް ކުޅުނު ފުރުތަމަ ޗެންޕިއަންސް ލީގެވެ.
ފުރަތަމަ ހާފުގައި ބަޔާނުގެ ރޮބަޓް ލެވޮންޑޮސްކީ އަށް ވަރަށް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ފަހުން ޕީއެސްޖީގެ ނޭމާ އާއި ކީލިއަން އެމްބާޕޭ އަށް ވެސް ލިބުނު ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ހާއްސަކޮށް ބަޔާނުގެ ޑޭވިޑް އަލަބާ ހަދިޔާކުރި ބޯޅައަކުން އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތު ފާހަގަކުރެވެ އެވެ. އޭނާ އެ ބޯޅަ ފޮނުވާލީ ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާއާ ދިމާލަށެވެ.
މެޗުގެ ހަމައެކަނި ގޯލް ދެ ވަނަ ހާފުގައި، 59 ވަނަ މިނެޓުގައި ބަޔާނަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީ ނިސްބަތްވާ ސިޓީ ކަމަށްވާ ޕެރިހަށް އުފަން އަދި ޕީއެސްޖީގެ އެކަޑަމީން ތައާރަފްވި ކިންގްސްލީ ކޯމަން އެވެ. ޖޯޝުއާ ކިމިޗް ނެގި ހުރަސް އޭނާ ބޮލުން ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބަޔާން ޖެހި 500 ގޯލެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގައި ހަމައެކަނި ގޯލު ޖަހާފައިވަނީ ރެއާލް އަދި ބާސެލޯނާ އެވެ.
މި ތަށްޓާ އެކު ބަޔާން މި ވަނީ މި ސީޒަނުގައި 'ޓްރެބަލް" އެއް ހާސިލްކުރުމުގެ ޝަރަފް ހޯދައިފަ އެވެ. އެއީ ޖަރުމަން ލީގާއި ޖަރުމަން ކަޕް ވެސް ކާމިޔާބުކޮށްގެންނެވެ. އެ ޓީމުން ވަނީ 2013 ގައި ވެސް އެ ޝަރަފް ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު