ރާއްޖޭގެ 4 ރަށަކުން އަލަށް ކޯވިޑް-19އަށް 7 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން އިން ބުނީ މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ މާލެއިން ރަށް ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކުން ކަމަށެވެ. އެޗްއީއޯސީން ރިލީީޒް ސާމްޕަލްއިން ޖުމްލަ 10 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.
ޕޮޒިޓިވް މީހުންގެ ތެރޭގައި ފިލިޕިންސްގެ ރައްޔިތެއް ފިޔަވާ މުޅިންވެސް ތިބީ ދިވެހިންނެވެ.
ރިލީޒް ސާމްޕަލް އިން ޕޮޒިޓިވްވެފައިވަނީ ރ.ދުވާފަރު 3 އަހަރުގެ ފިރިހެން ކުއްޖަކާއި ރ.ދުވާފަރު 55 އަހަރުގެ އަންހެނަކާއި ރ.ކިނޮޅަސް 53 އަހަރުގެ ފިރިހެނަކާއި (ފިލިޕިންސް) ކ.ހިންމަފުށި 32 އަހަރުގެ ފިރިހެނަކާއި، އެރަށުން 33 އަހަރުގެ ފިރިހެނަކާއި ތ.އޮމަދޫ 2 އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖަކާއި 4 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ އިތުރުން ލ.ގަން 8 އަހަރުގެ ފިރިހެން ކުއްޖަކާއި ސ.ހިތަދޫ 24 އަހަރުގެ ފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެ އެވެ.
ރަށް ރަށަށް އެނބުރިގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންގެތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއާއެކު ހޯމް ކަރަންޓީނަށްދާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ރިލީސް ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން ޢާއްމުންގެ ތެރެއަށް ނިކުމެ ނޫޅުމަށްވަނީ އިރުޝާދުދީފައެވެ. އެހެންނަމަވެސް ހޯމް ކަރަންޓީނަށް ދާމީހުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އިރުޝާދުތަކަށް ޢަމަލުނުކުރާކަމުގެ ޝަކުވާތައްވަނީ ބޮޑުވެފައެވެ. ހޯމް ކަރަންޓީންގެ އުސޫލާ ޚިލާފުވާ މީހުންނަށް މިހާރު ވަނީ ފިޔަވަޅު ވެސް އަޅަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު