ހެލްތު މިނިސްޓްރީގައި އުފެދިފައިވާ ހުސްކަމަށް ހައްލެއް ބޭނުންވާ ކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ހޭދަކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ތައްޔާރުކޮށް ޢާންމު ކުރި އޮޑިޓު ރިޕޯޓްގައި ހެލްތު މިނިސްޓްރީން ހޭދަކުރި ގޮތުގައި ކޮރަޕްޝަން އަށް މަގުފަހިވާ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އެމިނިސްޓްރީގެ ވަރަށް ގިނަ ސިޔާސީ އިސްވެރިން މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އެމައްސަލަ ފެންމަތިވުމާއި ގުޅިގެން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވަނީ އަމިއްލަ ފުޅަށް މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީގެ ހުރިހާ އިސްވެރިން މިވަގުތު ސަސްޕެންޝަނުގައި ތިއްބެވުމަކީ ޤައުމަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށެވެ. އަދި އެކަމަށް ވަރަށް އަވަސް ޙައްލެއް ބޭނުންވާ ކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏެއް ކަމުގައިވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް އެކުންފުންޏަށް މަސައްކަތުގެ އަގުގެ 90 އިންސައްތަ ކަމުގައިވާ 30 މިލިއަން ރުފިޔާ ހަވާލުކުރީ އުޞޫލާ ޚިލާފަށް ކަމަށެވެ. އޭގެ އިތުރަށް މިމައްސަލާގައި ބިޑު ކޮމިޓީން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރުމާއި ގުޅިގެން އެކޮމިޓީގެ ހުރިހާ މެންބަރުންވަނީ ސަސްޕެންޑުކޮށްފައެވެ.
ސަރުކާރުގެ އެންގުމަށް އެމައްސަލަ ބަލަމުން އަންނަނީ އޭސީސީ ފުލުހުން ގުޅިގެން ޖޮއިންޓް ތަހުގީގެއްގެ ގޮތުގައެވެ. ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓަރު އަބުދު އަމީން އާއި ބިޑް ކޮމެޓީގެ ވެރިން މިއަދު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ނިއްމާފައެވެ. ހެލްތް މިނިސްޓްރީ ހިންގެވުމުން ރައީސް ހަވާލުކުރައްވާފައިވަނީ ޕްލޭނިންގ މިނިސްޓަރ އަހުމަދު އަސްލަމާއެވެ.

މިހާލަތުގައި ހެލްތު މިނިސްޓްރީގެ އެންމެހާ އިސް ވެރިން ސަސްޕެންޝަނުގައި ތިބުމަކީ ޤައުމަށް ވަރަށް ގެއްލުން ހުރި ކަމެއް. އަވަސް ޙައްލެއް ގެންނަންޖެހޭ ކަމެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 23, 2020
ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏެއް ކަމުގައިވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް އެކުންފުންޏަށް މަސައްކަތުގެ އަގުގެ 90 އިންސައްތަ ކަމުގައިވާ 30 މިލިއަން ރުފިޔާ ހަވާލުކުރީ އުޞޫލާ ޚިލާފަށް ކަމަށެވެ. އޭގެ އިތުރަށް މިމައްސަލާގައި ބިޑު ކޮމިޓީން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރުމާއި ގުޅިގެން އެކޮމިޓީގެ ހުރިހާ މެންބަރުންވަނީ ސަސްޕެންޑުކޮށްފައެވެ.
ސަރުކާރުގެ އެންގުމަށް އެމައްސަލަ ބަލަމުން އަންނަނީ އޭސީސީ ފުލުހުން ގުޅިގެން ޖޮއިންޓް ތަހުގީގެއްގެ ގޮތުގައެވެ. ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓަރު އަބުދު އަމީން އާއި ބިޑް ކޮމެޓީގެ ވެރިން މިއަދު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ނިއްމާފައެވެ. ހެލްތް މިނިސްޓްރީ ހިންގެވުމުން ރައީސް ހަވާލުކުރައްވާފައިވަނީ ޕްލޭނިންގ މިނިސްޓަރ އަހުމަދު އަސްލަމާއެވެ.
ކިޔުންތެރިންގެ ހިޔާލު