ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ ބޭފުޅަކު މަގާމުން ވަކި ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ ދަޢުލަތުގެ އިގްތިޞާދީ ސިޔާސަތު އިސްލާހުކުރުމަށްޓަކައި ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެކި ވުޒާރާތަކަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކިކުރަން ނިންމި މުވައްޒަފުން ވަކިކުރާނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައިކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.



ވަކިކުރަން ނިންމަވާފައިވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު ސަރުކާރުން މިހާރު ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން