ދިވެހި ބޭސްވެރިކަން އަންނަ އަހަރު ގައުމީ ފެންވަރުގައި ކިޔަވައިދޭން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ބޭފުޅުން ދާދި ފަހުން ވަނީ ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ދަތުރެއް ކުރައްވައިފަ އެވެ.

އެ ދަތުރަށް ފަހު ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ނެތެމުންދާ ފަންނުތައް ދިރުވާ އާލާކުރުމަކީ އެ އިންސްޓްޓިއުޓްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އަދި އެ ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސްދާނެކަމުގެ ބިރު އޮތް، ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބެޭފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ޒޫޝާން ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ބޭސްވެރިކަން ކުރިއަރުވަން ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް އޭގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެެވެ.

ޑޮކްޓަރީ ބޭސް ރާއްޖޭގައި ތަރައްގީވިފަހުން ދިވެހި ބޭސްވެރިކަން ކުރާ މީހުންގެ އަދަދު މަދުވެފައިވާ އިރު އެ ދާއިރާއިން މީހުން ރަނގަޅަށް ތަމްރީންނުވުމުގެ މައްސަލަވެސް ބޮޑެވެ.

އާންމުކޮށް މިހާރު ދިވެހި ބޭސްކޮށްދީ އުޅެނީ ވެސް މުޅިންހެން އުރުން ދުވަސްވީ މީހުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން