މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕާޓީން އަދާކުރަން ޖެހޭ ދަރަންޏެއް އޮތްނަމަ އެ ޕާޓީގެ އޮފީހަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއް ގައި ބުނެފައިވަނީ އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޕާޓީން އަދާކުރަން ޖެހޭ ދަރަންޏެއް އޮތްނަމަ ޕާޓީގެ އޮފީސް، މއ. މާރާދައާގެ ދެވަނަ ފަންގިފިލާއަށް ހުށައަޅާ އެކަން ނިންމުމަށް އެދޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާ ކަމަށް ބުނެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ދެވަނަ ފަހަރަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީއެކެެވެ. އެމްއާރުއެމްގެ ރައީސަކީ އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން