އަންނަ ދިރާސީ އާ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ބޭނުންވާ ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުށަހަޅާނީ އޮންލައިންކޮށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ ހަ ވަނަ ދުވަސް ކަމަށެެވެ. އަދި އެ ދުވަހަށް ފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެންކަމުން، މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އަންގާފައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ މިހާ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، މީގެ ކުރިން އެކަށީގެންވާ މުއްދަތު ނެތިގެން ކުދިިންނަށް ސްކޫލު ބަދަލުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ކަމަށެވެ.

ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށް ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. އަންނަ 2025 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް ހަވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން