ޑޮނިއަރ ދުއްވަން ތަމްރީނު ކުރެވޭ ޕައިލެޓުން ސިފައިންގެ ދޫކޮށް ދަނީ ޕައިލެޓުންނަށް ހަމަހަމަކަން ރާއްޖޭގައި ނޯންނާތީކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ހަދިޔާކުރި ޑޯނިއަރ ބޯޓުތައް ދިވެހި ޕައިލެޓުންލައްވާ ނުދުއްވާ ސަބަބު ހާމަކުރަން ސަރުކާރުން އެންމެ ފުރަތަމަ ދެކޮޅު ހެދުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރަކާއި ގުޅުވައި ނާޒިމް އެކްސްގައި ވިދާޅުވީ، ޑޯނިއަރ ދުއްވަން ތަމްރީންކުރެވޭ ޕައިލެޓުން ސިފައިންގެ ދޫކޮށް ދަނީ ޕައިލެޓުންނަށް ހަމަހަމަކަން ރާއްޖޭގައި ނެތުމުގެ ސަބަބުން ކަމަށެވެ.

އަދި މޯލްޑިވިއަން އެއާލައިންގެ ޕައިލެޓުން ގަޑި ހަމަވަންދެން މަސައްކަތް ކުރުމުން ބޮޑު މުސާރަ ލިބޭއިރު، އެހެން ޕައިލެޓުންނަށް އެވަރަށް މުސާރައިގެ ގޮތުގައި ފައިސާ ނުލިބޭ ކަމަށާއި ޕައިލެޓްކަން ކިޔަވައިގެން އުޅޭ އެތައް ޒުވާނުންނެއް މި ނާއިންސާފާ ހެދި ވަޒީފާއެއް ނެތިފައި އެބަތިބި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަން ހަމައަކަށް އެޅުވިއްޖެނަމަ ޑޯނިއަރ ދުއްވާނެ ޕައިލެޓުން ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.



ޑޯނިއަރ ދުއްވަން އިންޑިއާ ސިފައިން ތިބޭތީ އެކަމަށް ދިވެހީންގެ ބަޔަކު ޓްރެއިން ކުރަމުންދާކަމަށް ކުރީ ސަރުކާރުން ވެސް ހާމަކުރިއެވެ. އަދި 2021 ވަނަ އަހަރު ވަނީ އަސްކަރިއްޔާގެ މަތިންދާ ބޯޓް ޕައިލެޓުންގެ ގޮތުގައި ދެ ބޭފުޅަކު ތަމްރީނުކޮށް ޑޯނިއަރ ދުއްވުމުގެ ހުއްދަ ވެސް އޭރު ދީފައެވެ.

އަދި ފުރަތަމަ ފަހަރަށް ދިވެހިން އެބޯޓުތައް ދުއްވަން ފެށިކަން ވެސް އޭރު ހާމަކުރިއެވެ. ނަމަވެސް، އެ ބޯޓުތައް މިހާރު ދުއްވަނީ އިންޑިއާގެ ޕައިލެޓުންނެވެ.

ދިވެހީންނަށް އެ ބޯޓުތައް ދުއްވަން ނުދޭ ސަބަބު ހޯދަން ނޫހަކުން އެދުމުން އެ މައުލޫމާތު ކުރީ ސަރުކާރުން ވެސް ވަނީ ހާމަނުކޮށް ހިފަހައްޓާފައެވެ. އަދި މި ސަރުކާރުން ވެސް އެ މައުލޫމާތު ހާމަނުކުރާން ކޯޓަށް ދިޔުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރުވަނީ އެ މައުލޫމާތު ހާމަކުރަން އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން