ޗެއާމަން ޖާބިރު
ޗެއާމަން ޖާބިރު
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެހާ އަވަހަށް ރިއެކްޓް ކުރުމަކީ ޝާހިދު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ މިންވަރު ހާމަވާ ކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު އިސްވެ ހުންނަވައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިއްމާފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ.

"އަވަސް"ގެ ޕްރޮގުރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވީ ރައީސް ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށާ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި އިދިކޮޅަށް މެނުއީ ކަންކަން ނުކުރައްވާނެ ކަމަށެވެ. ޝާހިދުގެ މައްސަލާގައި އެހާ އަވަހަށް ރިއެކްޓް ކުރެއްވުމަކީ ޝާހިދު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ މިންވަރު ހާމަވާ ކަމެއް ކަމަށް ޖާބިރު ސިފަކުރެއްވިއެވެ.

"ކޮބައިތޯ ފުންމައިގެން އައިސް ރިއެކްޓް ކުރަންޖެހޭ ސަބަބަކީ. އަޅުގަނޑަށް ހީވަނީ ފަހަކަށް އައިސް ރައީސް ނަޝީދާއި ޝާހިދު މާބޮޑަށް ލޯބިވަނީ ކަންނޭނގޭ. ފަހަރުގައި މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އުފެދުނު ލޯތްބަކަށްވެސް ވެދާނެ." ރައީސް ނަޝީދަށް އިޝާރަތްކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.

މި މައްސަލާގައި ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބް ފާތިމަތު ދިޔާނާ ސައީދުވެސް ވަނީ ރައީސް ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ ދެ ބޮނބިފަޅި މެދުގައި ކަތިވަޅިން މަރުގެ އެތިފަހަރެއް ޖެހި ނަމަވެސް މާލޭގެ އިއްޒަތްތެރިން އެެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ ކަމަށެވެ.

"އަދި ކޮބާ، އުކުޅަހުގައި ދެވަނަ އެތި ފަހަރު ޖެހީމަ ވެސް އިތުބާރު ބޮޑުވާނެ." ދިޔާނާ ވިދާޅުވި އެވެ.

އަދި އެކަންކަން ރަނގަޅަށް ފަހުމް ނުވެގެން އުޅެނީ ރަށްފުށުގެ މީހުންނަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ހަސަނު

24-Aug-2020

ބަލަގަ މަމިޔޮކާކަ މަ ޖާގެ ނަލަ ފޮޓޯ އެކަންޏޭ ބަލައިލީ ހަބަރު ނުކިޔަން


16

މަމިޔޮކާކަ

24-Aug-2020

އަޅެ ހަސަނާ ތައެއްނޫންތެ "ޖާ" ގެ ޚަބަރު ފުރަތަމައިން ވެސް ތިޔަ ކިޔެއީ.


13

ހަސަނު

24-Aug-2020

ބޯގަޅި ޖާބިރު ގެ ވާހަކަ ލިޔަނީ ކާކު ލައްވާ ކިޔުއްވަންތަ އަޅެ ޖާ އަކީ ތާކު ހުރި ގަމާރު ބޯގަޅި ގޮލައެކޭ ކިތައްފަހަރުތަ މަ ބުނަންވީ