"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 689 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އިތުރު ނުވަ ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި މިއަދު ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.



"އެހެންކަމުން ޖުމުލަ 689 ގޯތި ވަނީ މިހާތަނަށް ވެރިފަރާތްތަކަށް ހަވާލުކުރެވިފައި،" ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭކުން 1380 ގޯތި ދޫކުރުމަށް ސަރުކާރުން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން