ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކްގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނީ އެ ބޭންކުގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަންކުރަށްވާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެެ. ގައުމީ ބޭންކަށް ސީއީއޯއެއް ހޯދަން މިދިޔަ މަހުގެ 22 ވަނަ ދުވަހު އިއުލާންކުރުމުންބޭންކުގެ ސީއީއޯކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހަމައެކަނި ޝަރީފެވެ.

ޝަރީފް ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އޭނާ އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ޝަރީފު އެންމެ ފުރަތަމަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1995 ގައެވެ.

ޝަރީފަކީ ގައުމީ ބޭންކްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކަށް އައްޔަންކުރި ފުރަތަމަ ދިވެހި ސީއީއޯ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން