އިޖުތިމާއީ ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން
އިޖުތިމާއީ ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން
އެމްސީއާ ނުލާ އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފުރަތަމަ ހުށަހެޅި އިސްލާހަކީ ކޮންމެ ސަލާމަކާއެކު އެމްސީ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ވަޒީފާ އާއި ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ އަހަރަކު 30 ދުވަހު އެމްސީ ނެތި ސަލާމް ބުނެވޭނެ ކަމަށެވެ. އަދި ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނަ ދުވަހަށް ސަލާމް ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތަށް އެގާނޫނު އޮތް ގޮތުން ލާޒިމެއް ނޫނެވެ. 

އެ ގާނޫނަށް ގެނައި އިސްލާހާއެކު ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރަކު ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަސް އެމްސީ ނެތި ބޭނުން ކުރުމުގެ އިހްތިޔާރުދޭން ވަނީ ނިއްމާފައެވެ. އެހެން ނަމަވެސް އެގޮތަށް ނެގެނީ ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް އިސްލާހުގައިވެއެވެ.

ކޮމިޓީން އިއްޔެ ބިލް ފާސްކޮށްފައިވާއިރު ބިލްގެ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށައަޅާނެއެވެ. އަދި އެ އިސްލާހު މަޖިލީހުން ފާސްކުރުމާއި މެދު ގޮތެއް ނިމޭނީ މެމްބަރުންގެ މެދުގައި ބަހުސްކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން