އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމުގެ މަސައްކަތް ޒުވާނުންތަކެއް ކުރަމުންދާ ކަމަށާއި އެއީ އަޖުމަބެލުން ރަނގަޅު ޕްރޮޖެކްޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫއަށް އަސްތަކެއް ގެނައުމުގެ "ހުރިހާ ސެޓްފިކެޓެއް" މިހާރު ހަދާފައިވާ ކަމަށެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ އަހުގެ ހިދުމަތް އައްޑޫ ރައްޔިތުންނާއި ފަތުރުވެރިންނަށް ލިބިގެންދިއުން ކަމަށާއި އެކަމަކީ ރެކްރިއޭޝަނަށާއި ކުޅިވަރަށް ވެސް ރަނގަޅު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އައްޑު އަތޮޅަށް ޒުވާނަކު، ގައުމަށް މަސައްކަތް ކުރާ، ފަސް އަސް. އަސް އާދެ! މިއަހާ ގުޅޭ ހުރިހާ ސެޓްފިކެޓެއް، މިހާރު ވަނީ އެގްރިކަލްޗަރ މިނިސްޓްރީން ހައްދަވައި ނިންމަވާފައި. އަދި އިރާދަކުރެއްވިއްޔާ މި އަހުގެ ހިދުމަތް އައްޑޫއިން ހުރިހާ ރައްޔިތުންނަށް ވެސް އަދި ފަތުރުވެރިންނަށް ވެސް އަޅުގަނޑު ދެކެން." މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު 8:00 ގެ ފަހުން ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް ސަރުކާރުން ނިންމާފައިވާތީ، އެކަމާ ބެހޭގޮތުން މަޖާޒީ ގޮތެއްގައި ނަޝީދު ވަނީ މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ.

"މިއީ އެއްވެސް ހާލަތެއްގައި އިންޖީނުލީ ތަކެތި ދުއްވުމާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާ ވާހަކައެއް ނޫން." ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު