ރާއްޖޭގެ އިގްތިޞާދުގައި ދަައުރުވާ ފައިސާ މަދުވެއްޖެ ކަމަށާއި ރައްޔިތުންގެ އަތުގައި ޚަރަދުކުރާނެ ފައިސާ އެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް ޞާލިހުގެ ކޮއްކޮ، އަލީ ނިޔާޒު ވިދާޅުވީ، ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި އިގްތިސާދުގައި ފައިސާ ދައުރުވަމުންދިޔަ ކަމަށާއި އޭރު ރައްޔިތުންގެ އަތުގައި ޚަރަދުކުރާނެ ފައިސާ ހުރި ކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ މިހާރު ރައްޔިތުންގެ އަތުގައި ފަައިސާއެއް ނެތް ކަމަށާއި އިގްތިސާދުގައި ދަައުރުވާ ފައިސާ މަދުވެފަައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާ ވިދާޅުވީ ކެފޭތަށް ހުންނަނީ ހުސްކޮށް ކަމަށާއި ބާޒާރު މަތިން ވިޔަފާރި ކުރާ މީހުންގެ އަދަދު ވެސް މަދުވެއްޖެ ކަމަށެވެ. އަދި އެހެން އެކަން ދިމާވަނީ ރައްޔިތުންގެ އަތުގައި ޚަރަދުކުރާނެ ފައިސާ ނެތުމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިއައީ ކުޅުދުއްފުށިން، ކުޅުދުއްފުށިން އެރޭ އަޅުގަނޑުމެންގެ ކެއުން އޮތް ކެފޭއަކީ އެރަށުގައި ވަރަށް މަޝްހޫރު ކެފޭއެއް. އޭނާގެ (ކެފޭގެ އޯނަރު) ސޭލްސް އަޅުގަނޑަށް ދެއްކި އެރޭގައި މިފަހަކަށް އައިސް ގާތްގަނޑަކަށް އޭނާގެ މުޅި ދުވާލުގެ ސޭލްސް އާންމުކޮށް އޭނަ ދެކޭގޮތުގައި އާންމު ހާލަތުގައި 30 40 ހާސް ރުފިޔާ ލިބޭ، ގާތްގަނޑަކަށް 8000، 10000 ރުފިޔާ ދަށްވެފައި މިހާރު ހުރީ،" ކުރީގެ ރައީސް ޞާލިޙުގެ ކޮއްކޮ ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ، އެއްގޮތަކީ ރައްޔިތުން ކެފޭތަކަށް ވަދެ ޚަރަދުކުރާނެ ފަަައިސާ ނެތުން ކަމަށާއި އަނެއްގޮތަކީ އިގްތިޞާދީ ދަތި ހާލަތަށް ބެލުމަށްފަހު ފައިސާ ރައްކާކުރުން ކަމަށެވެ. ނިޔާ ވިދާޅުވީ އިގްތިސާދުގައި ދަައުރުވާ ފަައިސާ މަދުވިޔަސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް ރާއްޖެ އަށް ކުރިމަތިވެފަައި ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ފައިސާ ޗާޕްކުރުމަކީ މައްސަލައެއް ނޫން ކަމަށް ނިޔާ ވިދާޅުވިއެވެ.

"ފަައިސާ ޗާޕްކުރޭ އެ ހާލަތު އައީމަ. ފަައިސާ ޗާޕްކުރަންވީ ހާލަތު ވެސް ގާނޫނުގައި ވެސް އޮވޭ، އިގްތިސާދީ ބޮޑު ވަބާ އެއް އައީމަ ނުވަތަ މުޅި ދުނިޔެއަށް 100 އަހަރުން 1 އަހަރު އަންނަވަރުގެ ކަމެއް ހާދިސާއެއް ދިމާވީމަ އަދި ދައުލަތަށް އާމްދަނީ ލިބޭނެ ހުރިހާ ކޮޅެއް ބަންދުވީމަ ދެން ކޮންމެވެސް ގޮތެއް ހަދައިގެން ރައްޔިތުންނަށް ކާންބޯންދީ އެމީހުން އާންމު ހާލަތަށް ގެނައުމަށްޓަކައި ސަރުކާރުގެ ވާޖިބެއް އެއީ އެކަން ކުރުމަކީ. އެކަމަކު މިއަދު އޮތީ އެހާލަތުތޯ. މިއަދު އޮތީ އެ ހާލަތެއް ނޫން. ބަރާބަރަށް ޓޫރިސްޓުން ވެސް އާދޭ،" ނިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން