ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު މި ފަދަ ވަގުތެއްގައި މުޒާހަރާއަކަށް ނުނިކުންނާނެ ކަމަށްވިދާޅުވެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް، އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރަން ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިވަގުތަކީ ހުރިހާ ރައްޔިތުން ގުޅިގެން މި ނުރައްކާތެރި ބަލި މަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. މިއީ ބައިބައިވުން ބޮޑުކޮށް ހަމަޖެހުން ނަގާލަންވީ ވަގުތު ނޫންކަމަށް ޔުމްނާ ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު، އިދިކޮޅުން މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށެވެ." ޕީއެންސީ އާއި ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ދަނީ ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި، ގައުމުގެ ހަރު މުދާ ވިއްކައިގެން ލޯނު ނަގަމުންނެވެ. އެހެންވެ، އެ ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވުމަށް ކޯލިޝަނުން އެދެ އެވެ.

ޕީއެންސީ ކޯލިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެކަމަކު އޭރު އެ މުޒާހަރާތައް މެދުކަނޑާލީ، ކޮވިޑް-19 މާލެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ އެވެ

ސިއްހީ ބޭފުޅުންދަނީ ރާއްޖޭގައި ކޯވިޑްގެ ނުރައްކާ މިހާލަތުގައި އޮތް ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދެމުންނެވެ. އަދި ރައްޔިތުން ވީހާވެސް ބޮޑަށް ގައިދުރުކަން އިސްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެބޭފުޅުންދަނީ އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


11

ދަވާލި19

25-Aug-2020

ބަލަގަ މަންޖޭ ސަރުކާ ރުގެ އިސްވެރިން މިކިޔަނީ ކޮވިޑަކީ މީ އެހާ ނުރައްކާތެރި ބައްޔެއްނޫނޭ


12

އަބޫމުޙައްމަދު

25-Aug-2020

މި ދައުރު ނިމެންދެން މި ރާއްޖެއިން މިޙާލަތު ރަނގަޅުވިޔަކަ ސަރުކާރަކުން ނުދޭނެ. މިއީ މުޒާހަރާދެކެ ވަރަށް ބިރު ގަންނަ ސަރުކާރެއް. ގިނިދުށް މީހާ ރައްމަލަށް ބިރުގަންނާނެތާ! އެހެންވެ، ކޮވިޑް ރަނގަޅު ނުކުރާން ސަރުކާރުން މަސައްކަތްކުރަނީ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރައްޔިތުން މަގުތަކަށް ނުކުތަ ނުދީ 2023 އަންނަންދެން މަދުކުރުވާނެ. ބަލާވެރިކަމެއް.


13

އައިޝަތު ހަސަން

24-Aug-2020

އެއުޅެނީ ސަރުކާރައްޖެއްސުންކުރުމަށް ފަހު އަވަހައް މަރުވޭތޯ ރައިޔަތުން


9

އައިޝާ

24-Aug-2020

މިއީ ގަބޫލުކުރިޔަސް ނުކުރިޔަސް މުޅިދުނިޔެއައް ކުރިމަތިވެގެންއުޅޭކަމެއް


19

ހާރޫން އިސާ

24-Aug-2020

މީރައްޔިތުންނޭކިޔައިގެންކޮންއަނގައެއްހާވާއަންހެނެއްތަ? ތިޔައަނގަޔައްއެއްޗެއްލައިގެންނަމަވެސްއަނގަހިމޭނުންލައިގެންގޭގާއޮވެވޭތޯބަލާބަލަ


-4

ޝަރު

24-Aug-2020

ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު މިވަގުތަކު މަޤާމުތަކުގަ ބަގުޑިލައިގެންވެސް ނުތިބޭނެ ހެޔޮއެންޏާ އަވަހަށް އިސްތިޢުފާ ދީ!


6

މުހައިމިން

24-Aug-2020

ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ރައްޔިތުން ގެ ފައިސާއިން ވައްކަމެއްވެސް. ނުކުރާނެ


10

ފިލްމް ސްޓާރ

24-Aug-2020

ރައްޔިތުންނަށް, އިސްލާމް ދީނަށް, ގައުމުގެ އިސްތިޤުލާލަށް ހެޔޮ އެދޭ, އަދި ކުލުނެއް ހުރި މީހަކު, މި ލާދީނީ ސަރުކާރުގެ ވަޒީރަކަށް ނުހުންނާނެ.


11

ވަލީދު

24-Aug-2020

ރައްޔިތުންނަށް ހެޔޮ އެދޭތީތޯ, މި ދަނޑިވަޅުގައި ރާއްޖޭގެ އިސްތިޤުލާލު އިންޑިއާއަށް ވިއްކައިލަނީ? ރާއްޖެއަށް ހެޔޮ އެދޭތީތޯ, އިސްލާމް ދީނަށް ހަޖޫޖަހައި ރިޕޯޓު ނެރޭ އިރު ކަމަނާގެ ސަރުކާރަށް އެކަމާ އިދިކޮޅަށް އެއްޗެކޭ ނުބުނެވެނީ? ރައްޔިތުންނަށް ހެޔޮ އެދޭތީތޯ, މުޅި ދައުލަތުގެ ބައިތުލްމާލު ދަވައި ނިންމައިލި އިރު, ބައި ލިބޭތީ ކަމަނާ ހިމޭނުން ތިޔަ ހުންނަވަނީ?