ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ޝޯއިބު، 41 އަހަރު އާއި އޭނާގެ އަންހެނުން އައިޝާ، 31 އަހަރު އެވެ.

ބަންދު އަމުރުގައި ވާ ގޮތުން މަސްތުވާތަކެތި ފެނުނީ އެ ދެ މީހުންގެ ލަގެޖުން ނެވެ.

އެހެން ނަމަވެސް އެ މީހުންނަށް އަދިވެސް ތަރުޖަމާނަކު ހަމަނުޖެހޭ ކަމަށް ބުނެ ބަންދަށް ޖަހައިދިނީ އެންމެ ތިން ދުވަހެވެ. އެއީ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން