ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ކާން އިން ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ މިއަދު ސްކޫލްގައި ކާން އިންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި ހާދިސާގައި ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެ އެވެ.

އެ އަންހެން ކުއްޖާ ކާން އިންދައި ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.

ނަމަވެސް ފުލުހުން ބުނީ، ހުޅުމާލޭގެ ހުރަވީ ސްކޫލުގެ ދަރިވަރަކަށް "ސިއްހީ ހާލަތެއް މެދުވެރިވެގެން" ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން