ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް، ކްރިމިނަލްކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިންއާއި ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހިމްގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓޫއަށް މިއަދު ފޮނުވައިފިއެވެ.
ސްޕްރީމްކޯޓަށް އައްޔަން ކުރެއްވުމަށްޓަކައި މިދެބޭފުޅުންނާއިމެދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. މަޖިލީހަށް މިދެބޭފުޅުންގެ ނަން ފޮނުއްވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ކޯޓްތަކުގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހެއެވެ. އެހެންނަމަވެސް މި ވަގުތު ބެންޗުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ.
ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ވަނީ ސިވިލްކޯޓްގެ ގާޒީކަންވެސް އަދާ ކުރައްވާފައެވެ. އަދި މިވަގުތު ކްރިމިނަލްކޯޓްގެ އިސްގާޒީގެ މަޤާމުގައި ހުނެނވި އަލީ ރަޝީދަކީ އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ. އަދި މީނޫންވެސް އެތައް ޖިނާއީ ބޮޑެތި ދައުވާތަކެއްގެ މައްސަލަތައް ބައްލަވާފައިވާ އަލީ ރަޝީދުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީލޯންޑަރިންގެ މައްސަލަ ނިންމެވި ތިން ފަނޑިޔާރުން ހިމެނޭ ބެންޗުގެ އިސް ފަނޑިޔާރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ސިފަ ކުރައްވަނީ ފަނޑިޔާރު އަލީ ރަޝީދަށް ދެއްވި މި މަގާމަކީ ރައީސް ޔާމީނަށް ކުރެއްވި ހުކުމުގެ އިނާމު ކަމަށެވެ.
ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންނެވި ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް" ގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.
ސުޕްރީމްކޯޓުގެ ބެންޗް 7 ފަނޑިޔާރުންގެ ޢަދަދަށް ކަނޑައަޅާ ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.
ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ކިޔުންތެރިންގެ ހިޔާލު