އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކަމަށް ބުނެ ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.
މި މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މި މައްސަލަ އިތުރަށް ބަލަން ނުފެންނަ ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާ ހައްޔަރުކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އޭނާ ހައްޔަރު ކުރީ ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލި މައްސަލައިގައެވެ.
ޝާދިޔާގެ އިތުރުން މި މައްސަލައިގައި ފުލުހުން ވަނީ ޑރ. ޝަޒްރާ އިބްރާހިމްވެސް ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން މިދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ޝާދިޔާ އާއި ޝަޒްރާއަށް ނަސޭހަތްދީ އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތީން ނަސޭހަތްތެރިވެފައެވެ.
މިހާރު މި ދެމީހުން ވެސް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައިވާއިރު އެ ދެ މީހުންގެ ތެރެއިން ޝާދިޔާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފައެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފޮނުވި ނަމަވެސް މިއަދު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު