މާލޭގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދު ފަތިހު 4:20 ހާއިރު މާވެޔޮ މަގުގައި ހުންނަ ފިހާރައަކަަށް ވަދެ ވައްކަން ކޮށްފައިވާކަން އެވަގުތު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވިގެން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލާ އެމީހުން ދެނެގަނެ، ވައްކަން ކުރި ކަމަަށް ތުހުމަތު ކުރެވޭ ތިން މީހަކު ހޯދައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހުން އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިނގިރޭޓު ކާޓޫނު ތަކެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ. ވާދޫ/ އަތަމާގެ، އިހުސާން އިބްރާހިމް (26އ)، ގދ. ވާދޫ/ލިލީގެ، މުހައްމަދު ސޮބަާހު(46އ) އަދި ރ. އިގުރައިދޫ/ދަނބުރުގަސްދޮށުގެ، އިބްރާހިމް މުހައްމަދު ރަޝީދު (34އ) އެވެ.

ފުލުހުން ބުނިގޮތުގައި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހުސާންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ދެން ތިބި ދެމީހުންގެ ބަންދަށް15 ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން