ޒަހީނުއްދީން ސަޢީދު   17 އޮކްޓޯބަރު 2024 - 23:11
އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ދެ މަޤާމަކަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު އިންތިޚާބުވެވަޑައިގެންފިއެވެ.

މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އިންތިޚާބުކޮށްފައިވަނީ އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ އެވެ.

މި ދެ މަޤާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަޤާމެކެވެ.

ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫ ގައި އުފައްދާފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ

ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނުހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައި.ޕީ.ޔޫ. ގައި އުފައްދާފައިވާ ގްރޫޕެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން