ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްއަސާތަކާއި ބެހޭ ކޮމިޓީއަށެވެ. ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުންނާއިއެކު ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުންގެ ތެރޭގައި ހިމެނެނީ މަރިޔަމް ލައިޒާއާއި، އަލްއުސްތާޒު އިބްރާޒިމް ޒާހިދުއާއި، ޑރ.އަދުހަމް އަބްދުﷲއާއި، އާމިތަނު ޝިފާޒު އަބްދުއް ރައްޒާގާއި، ހުސެއިން އަމްރުއާއި، މޫމިނާ ވަހީދާއި، އަޒްލީމާ އަހުމަދުގެ އިތުރުން މުހައްމަދު ފައުޒީ އެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަނުގެ 3 މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ އާއި، އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައެވެ.

އެޗްއާރުސީއެމަށް އައްޔަނުކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން