ޓެކްސް ބޮޑުކޮށްގެން ލިބޭނެ ފައިދާއާމެދު އެމްޑީޕީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ސުވާލު އުފައްދަވައިފި އެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސް، ޓީޖީއެސްޓީ 17 ޕަސެންޓްއަށް ބޮޑުކޮށް ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އެކަމަށް އިޝާރާތްކޮށް އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން އަންނަ އަހަރު 963 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އަދި ޖެހިގެން އަންނަ 2026 ވަނަ އަހަރު، ބޮޑު ކުރި ޓެކްސްއިން 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ނަމަވެސް އޭގެން ލިބޭ ފައިސާ ހޭދަކުރާނީ ފުށިދިއްގަރު ފަރު ހިއްކަން ހަވާލުކޮށްގެން އުޅޭ ރާޖޫއަށް ކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި އެއިން ރައްޔިތުންނަށް ހޭދަ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީތޯ ހަމައެކަނި ތިބޭފުޅުން ބޭނުންވާ ޓެކްސް ބޮޑުކުރުމަކީ. ޓެކްސް ބޮޑުކޮށްގެން ރާޖޫއަށް ދޭންށޭ މި އުޅެނީ. އެހެންވެ އަޅުގަނޑުމެން މިއާ ގަބޫލުނޫން ވާހަކަ މި ދައްކަނީ ހައްތަހާވެސް. ބޮޑުކޮށްގެން ލިބޭ ފައިދާއަކުން ވާނުވާއެއް ނޭނގޭ. އިގުތިސާދު 4.3 ޕަސެންޓްގައި ކުރިއަރަމުން އެބަދޭ. ފައިސާ ފޮއްޗެއް ނެތް. ހުސްވެއްޖެ." ނާޒިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލިބޭ އާމްދަނީ މެނޭޖުކުރަން ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި ސަރުކާރު ވަރަށް ނާގާބިލު ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން