މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމަކުން ލިބޭ ގެއްލުމަކާ ގުޅިގެން 19 މިލިއަނާ ހަމައަށް ބަަދަލުލިބޭ ގަވާއިދެއް އެކުލަވާލައިފި އެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދުގެ ނަމުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީން އަލަށް އެކުލަވާލި ގަވައިދުގައި ވަޒީފާގެ މާހައުލުގައި އުޅެނިކޮށް ދިމާވާ ހާދިސާއަކުން ލިބޭ ގެއްލުމަކުން ހަށިގަނޑަށް ލިބޭ އަނިޔާއަކާ ހުރެ ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުންނާއި އަދި ފުރާނަ ގެއްލިއްޖެ ނަަމަ ބަދަލު ނަގައިދޭންވީ އަދަދު ވަކިން ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ 19 މިލިއަން ރުފިޔާ ކަމަށާއި އަދި އެންމެ ދަށް އަދަދަކީ 1.2 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ ނަގައިދެވޭނެ ބަދަލުގެ އެންމެ ދަށް އަދަދަކީ 1.4 މިލިއަން ރުފިޔާ ކަމަށާއި އަދި އެންމެ ގިނައިން ބަދަލުގެ ގޮތުގައި ނަގައިދެވޭނީ 15.4 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން