މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރަން އޮޑިވެރިންނަށް އެހީވުމަށް ދެ އިދާރާއެއްގެ ޓީމުތައް ހަތަރު އަތޮޅަކަށް ފުރައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އޮޑިވެރިންނަށް އެހީވުމަށް ރަށް ރަށަށް ފުރީ އެ މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޓީމްތައް ކަމަށެވެ.

އެ ޓީމްތައް މި ހަފްތާގައި ހަރަކާތްތެރިވާނީ ތ. ހިރިލަންދޫ، ވޭމަންޑޫ، ޅ. ނައިފަރު, ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫގައި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އެ ޓީމްތަކުން އާރްއެސްޑަބްލިޔު ނިޒާމާ ގުޅޭ ގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދީ އެ ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި މަސްވެރިކަންކުރާ 100 ވަރަކަށް ދޯނި ހަރަކާތްތެރިވާއިރު އޭގެ ތެރެއިން 70 ދޯނީގައި ވަނީ އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކޮށްފައެވެ. އެ ސިސްޓަމް ހަރުނުކުރަނީ 30 ވަރަކަށް ދޯނީގައެވެ.

އެ ހަތަރު އަތޮޅުގައި ދުވާލަކަށް 450 ޓަނުގެ އައިސް އުފެއްދޭ 12 ޕްލާންޓެއް ހުރިނަމަވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދޯނިތަކަށް އެކަށީގެންވާ އައިސް ފޯރުކޮށެއް ނުދެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން