މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަަމަށް ދެއްކިޔަސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެ ކަމަށެވެ. އަދި ވިއްސާރަ ދުވަސްވަރަކަށް ފަހު މޫސުން ރަނގަޅުވާން ފެށި ހިސާބުން ފެށިގެން މެޓުން ވަނީ ބައެއް ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މީގެ ކުރިންވެސް އަންގާފައެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ނެރެން ފަށާފައެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނި ދެ ފޫޓާއި ފަސް ފޫޓުގައި ކަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން