އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް، އެ ތަނުގެ އިސް މަގާމެއްގައި މިހާރު ހުންނެވި އަހުމަދު އިމާދު އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް އަހްމަދު އިމާދުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާއިރު، އޭނާގެ ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް، ސީއެމްޑީގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިމާދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ. މަރުކަޒީ ބޭންކުގައި 31 އަހަރު ވަންދެން ޚިދުމަތް ކުރެއްވުމަށް ފަހު، އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި 22 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން