މި އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަަޅާނެ ކަމަށެވެ. އެހެން ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓްގެ އަދަދެއް އަދި މިހާތަނަށް ކަނޑަނާޅާ ކަމަށް ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމަންޓަރީ ބަޖެޓްގެ އަދަދު ކަނޑައަޅާނީ ރައީސް ޑރ. މުހައްމު މުއިއްޒު އެކަމާ ގުޅޭ ގޮތުން ކެބިނެޓުގެ މަޝްވަރާ އަށް ފަހު ކަމަށެވެ.

ޒަމީރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭތީ އެ މަސައްކަތް މިހާރު ފިނޭންސް މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭނީ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފާފުޮާ އެކީގައި. އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން،" ޒަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓް އެކުލަވާލާ ފާސްކުރީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން