ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިމީހާއަކީ ރޭ ދަންވަރު އައިޖީއެމްއެޗަށް ގެންދެވުނު މީހެއްކަމަށެވެ. ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އެމީހާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެންނިޔާވި 27 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވެފައިވަނީ 21 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޯވިޑް19 އަށް ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިވަގުތުވެސް 160އަށްވުތެ ގިނަ މީހުންނަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިހާރު އޮތް ޙާލަތުގައި ކޮންމެ 2 ނުވަތަ 3ދުވަހަކުން އިތުރު 500ކޭސް ދަނީ އިތުރުވަމުންނެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފް ވިދާޅުވީ ހުޅުމާލޭގައި ހުރި މެޑިކަލް ފެސިލިޓީގެވެސް 60 އިންސައްތަ އެނދު މިހާރުވެސް ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރަން ފަށާފައިވާއިރު، އިތުރަށް އެނދު ޖެހުމުގެ މަސައްކަތްވެސް ކޭސްތައް އިތުރުވާ މިންވަރަށްބަލައި ކުރާނެކަމަށެވެ. އަދި ފެސިލިޓީއަށް ނުކަތާވަރަށް މީހުން ޕޮސިޓިވްވާން ފަށައިފިނަމަ ޕްރައިވެޓް ހޮސްޕިޓަލްތަކާއި، ސްކޫލްތައްވެސް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަންފަށަން ޖެހޭނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ނަމަވެސް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަދުކަމާއި، ވަސީލަތްތަކުގެ މަދުކަމަށްބަލައި މިކަންވެސް ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށްކަމަށް ޑރ.ލަޠީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން