ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިއަދު ދައުރު ކުރި ޕޯސްޓެއްގައި ހުކުރު ނަމާދަށްފަހު ހަމާސްގެ ލީޑަރު ޔަހްޔާ ސިމްވާރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ ހުއްދައަށް ވަރަށް ގިނަ އިމާމުން އެދުނު ނަމަވެސް ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވިދާޅުވެ ޝަހީމް ހުއްދަ ނުދެއްވި ކަމަށް ބުނެ ދައުރުވި ޕޯސްޓަކާއި ގުޅިގެންނެެވެ. އެ ޕޯސްޓާއެކު ފޭސްބުކުގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވީ އެ ޕޯސްޓްގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އެންމެހައި އަޚުންނާއި އުޚްތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން،" ޝަހީމް ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު ޝަހީދުކޮށްލާފައިވަނީ އިސްރާއިލުން ދިން ހަމަލާތަކެއްގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުމުރުން 61 އަހަރުގެ ސިންވާރު ޝަހީދުވީ އިސްރާއީލް ސިފައިންނާ ކުރިމަތިލެއްވުމުގައި އެންމެ ފަހު ވަގުތު ވެސް ހުންނަވަނިކޮށް ކަމަށް ވަނީ ހާމަވެފައެވެ. އެމައްސަލަގައި ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް މިހާތަނަށް ވަކިއެއްޗެއް ނުބުނެއެެވެ. އަދި ޔަހުޔާ ސިންވާރު މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި ކަށުނަމާދު ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ހަމާސްގެ ލީޑަރު ކަމުގައި ހުންނެވި އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލައިގައި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން