ޒަހީނުއްދީން ސަޢީދު   19 އޮކްޓޯބަރު 2024 - 21:28
ސިނަމާލެ ބްރިޖްގެ މޮނިއުމަންޓް ޕާކު މިއަދު ހުޅުވައިފިއެވެ.

ބްރިޖް މޮނިއުމަންޓް ޕާކު ހުޅުވާދެއްވީ ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންގއެވެ. މިރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބްރިޖް މަޝްރޫޢު ހުޅުވިއިރުވެސް މޮނިއުމަންޓް ހުރިނަމަވެސް ލޮނުޒިޔާރަތް ޕާކާއެކު އެތަން ގެއްލިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ބޮޑު އިންސައްތައެއް ހިމެނޭ ތަނަކަށްވުމާއެކު ޢުމްރާނީގޮތުން ރާއްޖޭގައި ހިންގުނު ބިޔަ މަޝްރޫޢެއްކަމުން އެކަމުގެ މަޢުލޫމާތު ޢާއްމުންނަށް ލިބެން ހުރުމަކީ މުހިންމުކަމެއްކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.

ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ބުނީ ބްރިޖް ޕާކަކީ މުޖުތަމައު ގުޅުވާލުމަށް ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކާއި ދެ ގައުމުގައި އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ ތަނެއް ކަމަށެވެ.

އިށީނދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކުގެ ތެރޭގައި ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކުގައި ބްރިޖް ތަރައްޤީކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖްގެ މަޢުލޫމާތު ހިމެނޭ ފޮޓޯތައްވަނީ މިސަރަޙައްދުގައި ޢާއްމުންނަށް ފެންނަން ހުންނަ ގޮތަށް ބަހައްޓާފައެވެ. އަދި ޢާއިލާތައް އެސަރަޙައްދުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައްވެސް އެސަރަޙައްދުގައި ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން